ހުޅުލެއިން ފުރައިގެން 24 މީހުންނާއެކު ކްލަބް މެޑް ކަނި (ކަނިފިނޮޅު)
ރިސޯޓަށް ދިޔަ ލޯންޗެއްގެ އިންޖީނުގައި އަލިފާން ރޯވެ އެއިން ދަތުރުކުރި އެންމެން ފިހިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ،
މިއަދު މެންދުރު 1:10 ކަންހާއިރު ހިނގި އެ ހާދިސާގައި އަލިފާން ރޯވެފައި
ވަނީ "ސުވެނިއާ 18" ނަމަކަށް ކިޔާ ލޯންޗެއްގައި ކަމަށެވެ. އެ ލޯންޗުން 24
މީހަކު ދަތުރުކުރި އިރު އޭގެ ތެރޭގައި ހިމެނެނީ 17 ފަތުރުވެރީން ކަމަށާއި
ދެން އޭގައި ތިބީ ލޯންޗުގެ ފަޅުވެރީންނާއި ކަނިފިނޮޅުގެ ބައެއް
މުވައްޒަފުން ކަމަށް ފުލުހުން ބުންޏެވެ.